މުޅި ރާއްޖެއަށް މޫސުން ގޯސް، ސަމާލުވޭ

މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އިން ހާމަކުރި މައުލޫމާތަށް ބަލާއިރު މިއަދު ހެނދުނު 6:30 އިން މެންދުރު 12:00 އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ އެވެ.
މީގެ އިތުރުން ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަނޑުގެ ރާޅުތައް ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ