އާއިލާއާއެކު އިންޑިއާއަށް ބޭސްފަރުވާ ކުރުމަށް ގޮސް ހުއްޓާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ހައްޔަރުކޮށްފި އެވެ.
ސަމަދުބެ ހައްޔަރުކޮށްފައިވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލިގެ ތެރެއިންކަމަށް "ވޮއިސް" އަށް ވަނީ މައުލޫމާތު ދީފައެވެ. އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރި ވެފައިވަނީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންތަކެ ކެވެ.
ސަމަދުގެ އިންޑިއާއަށް ދިޔައީ އާއިލާގެ އިތުރު 3 މީހުންނާއެކު އެންމެން ޑޮކްޓަރަށް ދެއްކުމަށެވެ. އިއްޔެ ސަމަދުބެ އިންޑިއާއަށް ދިޔައިރު، އެއާޕޯޓުން އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.
Advertisement
އެހެން ނަމަވެސް ހޮސްޕިޓަލުގައި ހުއްޓާ އޭނާ ހައްޔަރުކޮށް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.
މިއީ މިފަދައިން އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހަކު ޑީޕޯޓު ކުރި ފުރަތަމަ ފަހަރެއް ނޫނެެވެ. މީގެ ކުރިންވެސް މިފަދަ ބައެއް މައްސަލަތައް ފެންމަތިވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
އިންޑިއާއިން ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ހައްޔަރުކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ