މޭ 6 ހަމަލާ: މައްސަލަ ބަލާ ބެންޗު އުވާލާ މައްސަލަ ބަލަން ގާޒީ ސޮފްވަތާ ހަވާލުކޮށްފި

މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، އެ މައްސަލަ ބެލުން އެއް ފަނޑިޔާރަކާ ހަވާލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބައެއް މީޑިއާތަކަށް ބުނީ، ނަޝީދުގެ މައްސަލަ ބެލުމަށް އެންމެ ފަހުން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗު އުވާލީ އެ ބެންޗަށް އެންމެ ފަހުން އައްޔަނުކުރެއްވި ފަނޑިޔާރު ތަނާޒުލްވުމުން ކަމަށެވެ.
އެ ކޯޓުން ބުނި ގޮތުގައި، ނަޝީދުގެ މައްސަލަ ބައްލަވާ ބެންޗުން ތަނާޒުލްވީ ގާޒީ ހަސަން ސައީދެވެ. އޭގެ ކުރިން، އެ ބެންޗުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ވެސް ތަނާޒުލްވި އިރު، ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ ހައިކޯޓަށް ބަދަލުކޮށްފައެވެ.
އެހެންކަމުން މިއީ، އެ މައްސަލަ ބަލާ ބެންޗު ބަދަލުވި ތިންވަނަ ފަހަރެވެ
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންނަކީ:
އެ މައްސަލައިގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލި ކަމަށް އަދުހަމް ވަނީ އިއުތިރާފްވެފައެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ