ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތާއި އަދި މަޖިލީހުގެ ދައުރާ ބެހޭގޮތުން ވިސްނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއިދުކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި މަޖިލީސް އެކުލެވިގެންވާ ގޮތާއި މެދު ވިސްނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ގާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކުކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގާސިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެ ކަމަށެވެ.
އެގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިގްތިސާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
ގާސިމް ހުށަހެޅުއްވި އިސްލާހަށް ރައީސް ނަޝީދު ތާއީދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ