ގައިސް އިސްތިއުފާ ދިނުމުން މެމްބަރު ކަމަށް ހުޅުވާލައިފި

ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހުގެ 9:30 އިން މެންދުރު 12:30 ގެ ނިޔަލަށް ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމު މަގާމުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހުގެ 9:30 އިން މެންދުރު 12:30 ގެ ނިޔަލަށް ކަމަށެވެ.
ގައިސްގެ އިސްތިއުފާއާއި އެކު ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ގައިސް ލާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން އޭނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 އިގަ އެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ އިންތިހާބު ކުރީ ޑިސެމްބަރު 5. 2019 އިގަ އެވެ.ބްރޯޑްކޮމް އަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ