ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަގާމުތަކާއި އެކު ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ގޮތަށް، ގަވާއިދު އިސްލާހު ކޮށްފި

ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ރޭ ގެޒެޓުކުރި މި އިސްލާހަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން ހާއްސަ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ހާއްސަ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް ރާއްޖޭގައި ވަޒީފާދޭ ހުރިހާ އިދާރާތަކުން ވެސް އަމަލުކުރަންވާނެ ކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.
މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ މައިގަނޑު ތިން މިންގަނޑަކަށް ބިނާކޮށްގެންނެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަމުގެ މިންގަނޑާއި، ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމަށް ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑުގެ އިތުރުން ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ