ޝަހީދު ހުސެއިން އާދަމްގެ އާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ދަންނަވައިފި

ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޝަހީދު ހުސެއިން
އާދަމްގެ އާއިލާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ
ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން އެބޭފުޅަކަށްޓަކައި
ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކުކަމަށެވެ.
މީގެ އިތުރުން މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ކިޔާކަމަށް
ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
1988 ވަނަ އަހަރު
ޝަހީދުވި ހުސެއިން އާދަމް ޝަހީދު ވެފައިވަނީ ސްރީލަންކާގެ
ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރައި ސިފައިންގެ މައި މަރުކަޒު ހިފަން އުޅުމުން
އެމަރުކަޒު ދިފާޢު ކުރުމަށް ހަމަލާބަދަލު ކުރަމުން ދަނިކޮށެވެ.
ހުސެން އާދަމްއަކީ އެނާގެ މަންމައާއި
ބައްޕަގެ ދޮއްޓަށް ހުރި ހަތަރު ވަނަ ދަރިކަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ