އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަނީ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިހާރު މާލޭގެ ސޯސަން ޖަގަހައިގައި އެމްޑީޕީއިން ކުރިޔަށްގެންދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރަމުން ގެންދަނީ ހަމަހަމަކަމާއެކީގައި އެކަން ކުރަން ކަމަށެވެ. މިގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫން ފަދަ މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި މުސާރައަށް ގެންނާނެ ހެޔޮ ބަދަލު ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. އެގޮތުން ނަރުހުންނާއި ޓީޗަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ