އުރީދޫން އައިފޯނު 15 ޕްރީ-އޯޑަރަށް ހުޅުވާލައިފި

ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލްއިން ނެރެފައިވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސްއިން މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުކުރު ވިލޭރޭ ހުޅުވާލައިފިއެވެ.އެ ކުންފުނިން ބުނީ އެތަނުގެ މޫލީ މެދުވެރިކޮށް ދުރާލައި މިއަދުން ފެށިގެން ފޯނަށް އޯޑަރު ނަގަން ފަށާފައިވާ ކަމަށެވެ. އޯޑަރުކުރާ ކުރައްވާ ކަސްޓަމަރުންނަށް 29 ސެޕްޓެމްބަރު 2023 ގައި ފޯނު ހަވާލުކުރެވޭނެކަމަށް ވެސް އުރީދޫ މޯލްޑިވްސް ބުނެފައިވެއެވެ.އުރީދޫއިން އިތުރަށް ބުނީ ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބުމުގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.މީގެ އިތުރުން ފޯނުގެ އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯދުމާއި ޕްރީއޯޑާ ކުރުން މޫލީ އެޕް މެދުވެރިކޮށް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ގޮތަށެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ