ރައީސް ޞާލިޙް މޮޅަދޫ އިންޖީނުގެ ހުޅުވައިދެއްވައްވައިފި

ރައީސް އިބްރާހިމް
މުޙައްމަދު ޞާލިޙް ހއ މޮޅަދޫ ވަޑައިގެން އެރަށު އިންޖީނުގޭގެ ޢިމާރާތް
ހުޅުވައިދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ހއ
އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި
ހއ މޮޅަދުއަށް ވަޑައިގެން އެރަށު އިންޖީނުގެ ހުޅުވައިދެއްވައި  އަދި ފެނަކަ އޮފީސްވެސް ވަނީ ހުޅުވައިދެއްވައިފައިވެއެވެ.
އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް
ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި އިއްޔެ ހަވީރު އިންޖީނުގޭގައި ބޭއްވި
ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އިއްޔެ ހުޅުވި
އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ
ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
Advertisement
އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4
މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް
ކުރެވޭނެއެވެ.
އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިދެއްވުމުގެ އިތުރުން
ރައީސް ޞާލިޙް ވަނީ މޮޅަދޫ ބަނދަރުވެސް ހުޅުވައިދެއްވައިފައިވެއެވެ.
މޮޅަދޫ ބަނދަރު ރައީސް
ޞާލިޙް ހުޅުއްވައިދެއްވާފައިވަނީ އިއްޔެ ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި
އެކަމަށްޓަކައި ޙާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މޮޅަދޫގައި މި ހުޅުވި
ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުންނަ ކަމަށް ރައީސް
އޮފީހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ