ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ ޝަރަފުވެރި ކޮއްދެއްވި ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ފުރާ ވަޑާގަނެފި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަފުލާއަށް ރާއްޖެ ވަޑައިގަތް ބޭރު ގައުމެއްގެ ހަމަ އެކަނި ރައީސް ސިރިސޭނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި ޖާފަތުގައި ބައިވެރިވުމައް ފަހު ފުރާ ވަޑައި ގަތީ މިއަދު ހެންދުނުގެ ވަގުތެއްގަ އެވެ.
މިނިވަން 50 ގެ މުނާސަބަތުގައި ބައިވެރި ވުމުގެ ގޮތުން ސިރިސޭނަ އާއި އެކު ރާއްޖެ ވަޑައިގަތީ އެގައުމުގެ ފިނޭންސް މިނިސްޓަރާއި އަދި ލަންކާ ސަރުކާރުގެ ބައެއް އިސް ވެރިން ނެވެ. މި ބޭފުޅުން ވަނީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަރިހަށް އިހްތިރާމް ގެ ޒިޔާރަތެއް ވެސް ކުރައްވާފަ އެވެ.
ސިރިސޭނަ ލަންކާގެ ވެރިކަމަށް އެރީ މިއަހަރު ފުރަތަމަ ކޮޅުއެވެ. އަދި މިއީ އެމަނިކްފާނު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރުވެސް މެއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސިރިސޭނާ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ