އެމްޑީޕީއާ ދުރުގައި ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން ކުރެއްވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންތާ ދެ އަހަރެއްހައި ދުވަސް ފަހުން އެ މަނިކުފާނު މިރޭ ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގެންނެވުމުން އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.
“އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،” އެމްޑީޕީގެ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގައުމީ މަޖިލީހުގެ ބޭފުޅުން، އެ މަނިކުފާނު އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައިފައެވެ.
ގާތްގަނޑަކަށް 2 އަހަރު ފަހުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅުމާއި، އަދި އެ ނިޒާމް އަށަގެންނެވުން ކަމަށެވެ. އަދި އެމްޑީޕީއަކީ މި ނިޒާމް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ގަދަ އަޅާ ހިތްވަރާއެކު މަސައްކަތް ކުރި ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ ދިވެހިރާއްޖޭގެ ކަންކަން ކުރިން އޮތްގޮތް ހަނދާނަށް ނުގެނެވޭ ވަރަށް ކަންކަން ބަދަލުކޮށްލި ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ.
” ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ . އެ އިންތިޚާބުން ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ” އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 2008 ވަނަ އަހަރު ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި އިންތިޚާބުވި ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ގޮތުން، އެ މަނިކުފާނު ވަނީ މި އަހަރާއި އަންނަ އަހަރު ދައްކަން ހުރި ދަރަނިތައް އަދައިކުރެވޭ މިންވަރަށް ދައުލަތުގެ ޚަޒާނާގައި ފައިސާ ހުރިތޯ ސުވާލު އުފައްދަވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އިންތިހާއަށް ބޮޑުވެފައި އޮތް ދަރަނި ކަމަށެވެ. ނަޝީދު ވިދާޅުވީ، އާންމު މީހާގެ އާންމު ހާލަތަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.
“ހާޖީ އެމްވީ”ގެ ނަމުގައި ޚާއްސަ އެޕެއް ތައާރަފްކޮށްފި އަރުތަވެރިންގެ އިނާމު 2024 ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވެވީ ރައީސް އޭލެވެލްއިން ސްކޫލް ނިމޭ ގޮތަށް މި ދައުރުގައި ހަދަނީ ރިޔާސީ އިންތިޚާބުގައި ޞާލިޙް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ