ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ކުރިމަތިން ކާރެއް އަރި އަޅާލައި ރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ވީއައިއޭގެ އާ ޓާމިނަލް ކުރިމަތިން އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުން ކުރި މަގަށް އަރި އަޅާލާފައިވާ ކަމަށް މައުލޫމާތު ލިބުނީ ރޭ 11:45 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިއްބެވެ. އޭގެއިން އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ އެއްބައިގެ މަސައްކަތް ނިންމައި، މި މަހު 26، ގައި ހުޅުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަލަށް ބަހައްޓާފައިވާ ހަ އެއިރޯ ބްރިޖާ އެކުގަ އެވެ. މިގޮތުން އެ ބްރިޖާއެކު ފަސިންޖަރުންނަށް ޓާމިނަލުން ސީދާ ބޯޓަށް އެރޭނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ކުރިމަތިން ކާރެއް އަރިއަޅާލައިފި ވީއައިއޭގެ އާ ޓާމިނަލް ކުރިމަތިން ކާރެއް އަރިއަޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ