މީހުނަށް ފުރައްސާރަކޮށް ޕޯސްޓްކުރާ ސްކޫލް ކޮންފެޝަން ޕޭޖުތަކެއް ބްލޮކްކޮށްފި

ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ދިމާކޮށް ޕޯސްޓްކުރާ ގޮތަށް ހިނގަމުން ދިޔަ ސްކޫލް ކޮންފެޝަންގެ އިންސްޓަގްރާމްގެ ޕޭޖުތަކެއް ފުލުހުން ބްލޮކް ކޮށްފި އެވެ.
ވީކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި އެ ޕޭޖުތައް ބްލޮކްކުރީ، އެ ޕޭޖުތައް މެދުވެރިކޮށް ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި، މާލާމާތާއި ފުރައްސާކުރުން ފަދަ ސައިބަބުލީއަށްވާ ލިޔުންތައް ޕޯސްޓްކުރާތީ އެވެ.
ތަފްސީލް - ފުލުހުން އިތުރަށް ބުނި ގޮތުގައި:
މާލޭގެ 22 ސްކޫލަކަށް ނިސްބަތްކޮށް އިންސްޓަގްރާމްގައި ހަދާފައި ކޮންފެޝަން ޕޭޖުތަކެއް މިދިޔަ ހަފުތާގައި ބްލޮކް ކުރި؛ މައްސަލަ ތަހުގީގު ކުރަން ވަނީ ފަށާފައި
އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރެޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުން
ފުލުހުން ބުނި ގޮތުގައި މި މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ