ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު މައުރޫފް ޖަމީލު އައްޔަންކުރެއްވިތާ ހަ މަސް ފަހުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 22 ގައެވެ. މައުރޫފް ރިޓަޔާކުރަން ނިންމާ، އެކަން މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ އަންގާފައެވެ.
މައުރޫފް އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު މުހިއްމު މަސައްކަތްތަކެއް ކުރެއްވި މައުރޫފް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
އެޗްޑީސީގެ އެމްޑީ މައުރޫފު ރިޓަޔާ ކުރައްވަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ