ފުއްގިރި މައްސަލައިގައި ހެކި ބަސް ނެގުމާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ, އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެއެވެ.
މި ނިންމުން ނިންމާފައިވަނީ ރ. ފުއްގުރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ބޭނުން ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން މިރޭ ގޮތް ނިންމުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެވެ.
މިގޮތަށް މައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މައްސަލައިގެ އިސް ފަނޑިޔާރަކީ ހުސްނުއްސޫދެވެ. މައްސަލައިގެ ބެންޗްގައި ދެން ތިއްބެވީ, ފަނޑިޔާރު މުޙައްމަދު އިބްރާހީމާއި ފަނޑިޔާރު އައިޝަތު ޝުޖޫންއެވެ
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ރައްކާތެރިކުރުމަށް އެ ކޯޓުން ނިންމުމާ ގުޅިގެން އެ ހެކިތައް ބަލައިނުގަތުމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ތަންފީޒުކުރައްވަމުންނެވެ.
ހެކި ބަސް ނެގުމާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ރައީސް ޔާމީނަށް ސުޕްރީމް ކޯޓުންވެސް ނާކާމިޔާބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ