ރާއްޖޭގައި ކޮރަޕްޝަން ހިންގަމުންދަނީ ގައުމިއްޔަތަށް ނުރައްކާވާ މިންވަރަށް: ސަން ސިޔާމް ރާއްޖޭގައި ކޮރަޕްޝަން ހިންގަމުންދަނީ ގައުމިއްޔަތަށް ނުރައްކާވާ މިންވަރަށް: ސަން ސިޔާމް

ރާއްޖޭގައި އެއްވެސް ޖެހިލުމެއް ނެތި ކޮރަޕްޝަން ހިންގަމުންދަނީ ގައުމިއްޔަތަށް އޭގެ ނުރައްކާ ކުރާ މިންވަރަށް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާއިރު ދައުލަތުގެ އިދާރާތަކުން އެކަމަށް ސަމާލުކަން ދީ ފިޔަވަޅުތައް އަޅަމުން ނުތާދީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ގައުމިއްޔަތާއި މިނިވަން ކަމަށް ނުރައްކާވާނެ ކަމަށެވެ.
"ދުރާލައި ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއްނެތި ކުރުމަކީ އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަކުރަން. މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން މިފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ހިތާމައާއެކު ފާހަގަކުރަން،" ސިޔާމް ވިދާޅުވި އެވެ.
"ނުފޫޒާއި ބާރުހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. މިއީ އަޅުގަނޑުމެންގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑުކަން ކަމުގައި ދެކެން."
ސިޔާމް ވިދާޅުވީ ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު ވަށައިގެން ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި ދެމެހެއްޓިނިވި އަދި ފުދުންތެރި އިގްތިސާދެއް ގާއިމުކުރުމަށް ގައުމުގެ އެންމެހައި ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރާއި ފޯރިއަކާއެކު ދެމެހެއްޓިނިވި އަޒުމެއްގައި އާ ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ސިޔާމް ގޮވައިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ