އައްޑޫ ސިޓީ މީދޫ އިން 9 ބިމެއް ކުއްޔަށް ދޫކުރަނީ! މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި ފުލެޓު ލިބޭ 1000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން އިޒްރޭލަށް ދެމުންގެންދާ އެ

ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ކައްދޫ އެއާޕޯޓު ކައިރީގައި ހުރި ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ބާރު ސްޕީޑެއްގައި އައި ސައިކަލަކުން ޖެހިގެންނެވެ.
މި ހާދިސާގައި މަގު ހުރަސް ކުރަން އުޅުނު ދެ އަންހެނަކާ، ސައިކަލު ދުއްވަން އިން ފިރިހެން މީހާގޭ އިތުރުން ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓުގައި އަނިޔާވި ބާކީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ