ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޔޫސުފްއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވާ 'ކުޅުދުއްފުށީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ' ފަހުރުވެރި އެއްވަނަ އަލްމަސާރު އެކަޑެމިކް ސެންޓަރުގެ، ޔޫސުފް ބިން އަހުމަދު މުފީދު ހޯދައިފި އެވެ.
ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ޤުރުއާން ކުލާސްތަކަށް އަދި ކޮލެޖް/ޔުނިވާސިޓީގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ތިން ސްކޫލަކާއި 7 ގުރުއާން ކުލާހެއްގެ އިތުރުން ޔުނިވާސިޓީއަކުން ޖުމްލަ 199 ދަރިވަރުން ވާދަކުރި އެވެ.
މި މުބާރާތުގެ އިނާމުދިނުމަށް މިއަދު ހަވީރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ދެ ގޮފިން އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހޯދި ޔޫސުފް ބިން އަހުމަދު މުފީދަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރެވެ.
އެއްވަނަ ލިބުނު ދަރިވަރަށް ވަނީ ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގެ ކޯ ސްޕޮންސަރގެ ފަރާތުން ހުށަހަޅާފައިވާ ޢުމްރާ ދަތުރެއްވެސް ލިބިފަ އެވެ.
މުޅި މުބާރާތުން ދެވަނަ ދެ ދަރިވަރަކު ހާސިލުކުރި އެވެ. އެއީ އަފީފުއްދީން ސްކޫލްގެ ދެ ދަރިވަރުންކަމަށްވާ މުހައްމަދު ފާއިޤް ހުސެއިން ފަހުމީ އާއި އަލްޔަސް އަނަސް ހުސެއިން އެވެ. މުބާރާތުން ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު ހައްވާ ނޫރާ މުހައްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަގާމު އަފީފުއްދީން ސްކޫލް ހޯދިއިރު އެންމެ މޮޅު ޤުރުއާން ކުލާހުގެ މަގާމު ހޯދީ އަލްމަސާރު އެކަޑެމިކް ސެންޓަރެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުން:
އަލްޔަސް އަނަސް ހުސެއިން – އަފީފުއްދީން ސްކޫލްމުހައްމަދު ފާއިޤް ހުސެއިން ފަހުމީ – ޖަލާލުއްދީން ސްކޫލްޔޫސުފް ބިން އަހުމަދު މުފީދު – އަލްމަސާރު އެކަޑަމިކް ސެންޓަރުހައްވާ ނޫރާ މުހައްމަދު – ޖަލާލުއްދީން ސްކޫލްއިބުރާހިމް މަލްސޫން މުހައްމަދު – ޖަލާލުއްދީން ސްކޫލްއީލާފު ބިން އަބުދުﷲ ރަޝީދު – އަލްމަސާރު އެކަޑެމިކް ސެންޓަރުޝިޢުރީ ބިންތް އަބުދުﷲ ޝާހީން – އަފީފުއްދީން ސްކޫލްއީވާ އިބުރާހިމް ރަޝީދު – ޖަލާލުއްދީން ސްކޫލްއައިޝަތު މާއިން މުނާޒު އަހުމަދު – ބަޝާއިރުލް ޤުރުއާންސާލިމް އާދަމް – ޞިޔާއުލް ޤުރުއާން
މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފި:
އެއްވަނަ: ޔޫސުފް ބިން އަހުމަދު މުފީދު / އަލްމަސާރު އެކަޑެމިކް ސެންޓަރުދެވަނަ: ލޫތު އަބުދުﷲ / ޖަލާލުއްދީން ސްކޫލްތިންވަނަ: ނަބްހާން ހަސަން ހަބީބް / ޖަލާލުއްދީން ސްކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފި:
އެއްވަނަ: މުހައްމަދު ފާއިޤް ހުސެއިން ފަހުމީ / ޖަލާލުއްދީން ސްކޫލްއެއްވަނަ: އަލްޔަސް އަނަސް ހުސެއިން / އަފީފުއްދީން ސްކޫލްދެވަނަ: ހައްވާ ނޫރާ މުހައްމަދު / ޖަލާލުއްދީން ސްކޫލްތިންވަނަ: އިބުރާހިމް މަލްސޫން މުހައްމަދު / ޖަލާލުއްދީން ސްކޫލް
މުބާރާތުގައި ކީ ސްޓޭޖްތަކުން ދެ ގޮފިން ވަކިން ވަނަތައް ހޮވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދީފައިވެ އެވެ. މި މުބާރާތް އަންނަ އަހަރުވެސް އޮންނާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މިއަހަރުގެ މުބާރާތް ފުރިހަމަކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން މިއަހަރުގެ މުބާރާތް އޭސީކޮށްފައިވާ ހޯލެއްގައި ކުރިއަށްގެންދިޔައިރު މުބާރާތުގެ ފެންވަރުމަތިކުރުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅަދަނާ ގާރީން ފަނޑިޔާރުގެ ގޮތުގައި ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ