ނުފޫޒެއް ނުފޯރުވަން، ޕްރޮޖެކްޓުތައް ދެނީ ގާބިލުކަމުން: ނާޒިމް ނުފޫޒެއް ނުފޯރުވަން، ޕްރޮޖެކްޓުތައް ދެނީ ގާބިލުކަމުން: ނާޒިމް

ސަރުކާރުގެ ޕްރޮޖެކްޓުތައް އާރުސީސީ އިން ހޯދަނީ އެއްވެސް ނުފޫޒެއް ފޯރުވައިގެން ނޫން ކަމަށާއި އެއީ ކުންފުނީގެ ގާބިލުކަމަށް ބަލާފައި އޮންނަ އުސޫލުގެ ތެރެއިން ހޯދާ ޕްރޮޖެކްޓުތައް ކަމަށް އެ ކުންފުނީގެ ޗެއާމަން، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ، މި ފަހުން އާރުސީސީއާ ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ އަޑީގައި އޮތީ ސިޔާސީ ނުފޫޒު ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އަދަދު އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވަނީ އެއްވެސް ޕްރޮޖެކްޓެއް ހޯދަން ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަކީ މިހާތަނަށް ސަރުކާރަށް މަސައްކަތް ނިންމައިދޭ ފަރާތެއް. އިތުބާރު ސަރުކާރަށް އޮތް ބަޔެއް އަޅުގަނޑުމެންނަކީ. ދިވެހިރާއްޖޭގައި މިހާތަނަށް ފެށި އެއްވެސް ޕްރޮޖެކްޓެއް ނުނިންމާ ނެތް ބަޔެއްތާ އާރުސީސީއަކީ ރެކޯޑުގައި، އަވަހަށް ނިންމާ ބަޔެއް،" އޭނާ ވިދާޅުވި އެވެ.
އާރުސީސީއަށް މި ގޮތަށް ލިބުނު ކަމަށް ތުހުމަތުކުރެވޭ އެއް ޕްރޮޖެކްޓަކީ، ލޯކަލް ކައުންސިލް އިމާރާތްތައް އަޅަން މެލޭޝިއާ ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން އަޅަން ޖެހޭ 55 ކައުންސިލު އިމާރާތުގެ ޕްރޮޖެކްޓެވެ. މި ނޫހަށް މައުލޫމާތު ލިބުން ގޮތުގައި، ލޯކަލް ގަވަމަންޓު މިނިސްޓްރީން ވަނީ މި މަސައްކަތް އާރުސީސީއާ ހަވާލުކޮށް، ޑޮލަރުން ފައިސާ ދޭ ގޮތަށް ސޮއިކުރަން ނިންމާފަ އެވެ.
ނާޒިމް ވަނީ މިކަން މި ގޮތަށް ހިނގާފައިވާކަން ދޮގުކުރައްވާފަ އެވެ. އަދި އެ ޕްރޮޖެކްޓަށް ކުރިމަތިލީ ވެސް ލޯކަލް ގަވަމަންޓު މިނިސްޓްރީން އިއުލާނުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި މަސައްކަތް އާރުސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް މިނިސްޓްރީން ލިބިފައި ނުވާ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް ޑޮލަރުން ދޭން ޝަރުތުކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް ގެޒެޓުކޮށްފައި އޮތް އިއުލާނެއް އޮންނާނެ. މި އިއުލާނަށް އަޅުގަނޑުމެން ވެސް ޕްރޮޕޯސަލް ހުށަހަޅައިގެން، ޕްރޮޕޯސަލް މިހާރު ދަނީ ކަމާބެހޭ ފަރާތުން ސަރުކާރުން ދިރާސާކުރަމުން. އަދި އަޅުގަނޑުމެންނަކަށް ވަކި އެއްޗެއް އަންގަވާފައެއް ނުއެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
އާރުސީސީއާ އަދި ސޮއިނުކުރި ކަމުގައި ވިޔަސް، މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނީ، އެ ގޮތަށް ކުރިއަށް ދާން އިކޮނޮމިކް ކައުންސިލުން ރުހުން ދީފައިވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ހަވާލުކުރާނީ އާރުސީސީއާ ކަމަށް އޭނާ ވަނީ ވަރަށް ބޮޑު ޔަގީންކަމެއް ދީފަ އެވެ.
އާރުސީސީން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލު އިމާރާތުގެ މަސައްކަތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ހުޅުމާލޭގައި ޖާހުއިން މަސައްކަތް ކުރަމުން އައި ޖާހު ގާޑަންސް އެޕާޓްމަންޓުތަކުގެ މަސައްކަތް ހިމެނެ އެވެ. ގިނަ ޕްރޮޖެކްޓުތައް އެ ކުންފުންޏަށް ދިނީ އާންމު ބީލަމަކަށް ނުގޮހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ