އިއްޔެ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ބައެއް އުޅަނދުތައް އަޑިއަށް ގޮސް، އުޅަނދުތައް ގެއްލި އަދި އިތުރު ގިނަ ހާދިސާތަކެއް ވެސް ހިނގި އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ މެންދުރު 12:00 އިން ފެށިގެން ރޭ 22:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏަކާއި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި މީހަކު ގެއްލުމާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުން ހިމެނެ އެވެ.
ކެނޯއީގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ފަތާފައި ރ.ދުވާފަރަށް އެރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަނެއް ދެ ހާދިސާގައި ގެއްލުނު މީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.
ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އާއި މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
އިއްޔެ ހިނގި އެހެން ހާދިސާތަކުގެ ތެރޭގައި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމާއި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވުމާއި، ހަތަރު މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަކަށް އެރުމާއި، ، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަށް ދިޔުން ހިމެނެ އެވެ.
އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު ކަފު ޖަހައިގެން މާލެ ގެނައުމަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އވެެ.
ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ރޭ 22:23 ހާއިރު ބ.ދަރަވަންދޫ އަށް ވަދެފައިވެ އެވެ. އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗެއްގައި ތިބި ހަތަރު މީހުން ވަނީ ރޭ ދަންވަރު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންދިޔަ ކަމަށާއި
މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަނިކް އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ މުދަލާއިރު އަޑިއަށް ދިޔައީ ރޭ 9:00 ހާއިރު އެވެ. އޭގައި ތިބި މީހުން ސަލާމަތްކޮށް ފުރަތަމަ ދިޔައީ ސަން ސިޔާމް އޮޅުވެލި ބީޗް ރިޒޯޓަށެވެ. އެއަށް ފަހު ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި އެ މީހުން ރޭ މާލެ ގެނައެވެ.
ހުލާސާކޮށް އިއްޔެ: ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހުލާސާކޮށް އިއްޔެ: ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ