ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޖަމްޝީދު މުހައްމަދު ބޭންކުން ނެގި ލޯނެއް ނުދައްކައިގެން އަނެއްކާވެސް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގެ މެންބަރަކަށް ޖަމްޝީދު ހުންނެވިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެންގެވި 280,000ރ. ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކާތީ ބާކީ ހުރި 231,000 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އެ ހުކުމް ކޮށްފައި ވަނިކޮށް ޖަމްޝީދުގެ މައްޗަށް ދެވަނަ ހުކުމެއް ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވީ ޖޫން, 2022 ގައި އޭނާ ނެންގެވި 280,000ރ ގެ ލުއި އެކްސްޕްރެސް ލޯނެއް ނުދައްކާތީ ބޭންކުން ދައުވާ ކުރުމުންނެވެ.
އެ މައްސަލާގައި ޖަމްޝީދުގެ ގައިރު ހާޒިރުގައި ކުރި ހުކުމުގައިވަނީ މިހާތަނަށް ނުދަައްކާ ހުރި 231,000 އަށް ވުރެ ގިނަ ރުފިޔާ 10 މަސް ތެރޭގައި ދެއްކުމަށެވެ.
ހުކުމުގައިވާ ގޮތުން ބާކީ ހުރި ފައިސާ ދައްކާ ނިމެންދެން އިންޓްރެސްޓާއި ޖޫރިމަނާ އަރަމުންދާނެ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ލޯނު ނުދައްކާތީ ކުރީގެ މެމްބަރު ޖަމްޝީދަށް އަނެއްކާވެސް ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ