ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީ
ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ކަމަށެވެ. އެ ދޯނީގައި ރޯވީ ކ. ގަމަރުގިރި ކިޔާ ފަޅު ރަށެއް ކައިރީ ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މާލޭ އޭރިއާ ކޮމާންޑުގެ ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. https://x.com/MNDF_Official/status/2008915781690781969 އެކަމަކު މި ހާދިސާ ހިނގި ވަގުތާއި، ހާދިސާ ހިނގިއިރު އެމްއެންޑީއެފަށް ރިޕޯޓުކުރި ވަގުތާއި ދޯނީގެ ތަފުސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ