ބީއެމްއެލްއިން ވީރަން މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް
ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި, ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ވީރަން މޯލްޑިވްސް'އާ އެކު ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ. ބީއެމްއެލްއިން ބުނީ، އެ އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި, ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުން ހެދި އެއްބަސްވުމެއް ކަމަށެވެ. އެގޮތުން، މި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހު އެ ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން، ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ. ބީއެމްއެލްއިން ބުނީ، ވީރަން މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ދުވުން މި އަހަރު ބާއްވާނެ ކަމަށެވެ. އެ ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޭހެކެވެ. އެ ރޭހުގައި ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭއިރު، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު ދުވަންޖެހޭނެއެވެ. އަދި، އެ ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލްއިން އަންނަނީ ގައުމީ ފެންވަރުގެ މަޝްރޫޢުތަކާއި، ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ