ސައުދީގައި ހުންނަ އެމެރިކާގެ ބޭހަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

މި ހަމަލާތަކުގެ އަސްލު ގުޅިފައިވަނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން އީރާނާ ދެކޮޅަށް ފެށި ވަރުގަދަ އުދުވާނާއެވެ. އެ ދުވަހު ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަތީ ފަންތީގެ ކޮމާންޑަރުންނާއި ސަރުކާރުގެ އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަނީ "ލޮލަކަށް ލޮލެއް"ގެ އުސޫލުން ބަދަލުހިފުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އީރާނުން އަންނަނީ އިސްރާއީލުގެ ބިންތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވައި، ދެބައިމީހުންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" އަކީ އީރާނުގެ ސިޔާދަތު ދިފާއުކުރުމަށާއި، ސަރަހައްދީ ގޮތުން އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް މަސައްކަތްކުރާ ބާރުތަކަށް ވާގިވެރިވުމަށް އީރާނުން ހިންގާ ދިގުދެމިގެންވާ އަސްކަރީ ކެމްޕޭނެކެވެ. މި އޮޕަރޭޝަނުގެ ދަށުން ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާދެނީ، އެ ތަންތަނަކީ އީރާނާ ދެކޮޅަށް ހިންގާ ޖާސޫސީ އަދި އަސްކަރީ އަމަލުތަކުގެ މައި މަރުކަޒުތަކަށް ވާތީއެވެ.
އީރާނުން ތަކުރާރުކޮށް އިންޒާރު ދެމުންދަނީ، އިސްރާއީލުގެ ސިފައިން އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ފޮރުވައިގެން ތިބި ނަމަވެސް، އީރާނުގެ ޒަމާނީ އިންޓެލިޖެންސް ވަސީލަތްތަކުން އެމީހުން ހޯދައި ހަމަލާދޭނެ ކަމަށާއި، ފިލަން ވަންނަ އެއްވެސް ތަނަކުން އެމީހުންނަށް ސަލާމަތްތެރިކަން ނުލިބޭނެ ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ކިތަންމެ ވަރަކަށް އިންޒާރު ދެމުން ދިޔަނަމަވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ