އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާ މައްސަލަތައް ނުބަލާތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ކޮމިޝަން ދޮށަށް އެއްވެ، ކޮމިޝަނުގެ ރައީސް އަހްމަދު ޝާމިލުގެ އިސްތިއުފާއަށް މިއަދު ގޮވައިފި އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައެޅި ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒް ވިދާޅުވީ މުހައްމަދު މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ ރާއްޖޭގައި ޑިމޮކްރަސީ އޮތުމުން އެކަމާ އުނދަގޫވެ، ގާނޫނުއަސާސީގެ ވަކިވަކި މާއްދާތައް ބަދަލުކުރަމުންދާ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ދައުލަތް އިންތިޒާމުވެފައި މިއޮތީ ވަކި ތަރުތީބެއްގެ ތެރެއިން. 2008 ވަނަ އަހަރު ގާނޫނުއަސާސީ އެކުލަވާލިއިރު ތިން ބާރު ވަކިކޮށް މިނިވަން މުއައްސަސާތައް ވެސް އޭގެ ޒާތުގައި މިނިވަންކަމާއެކުގައި ހިންގުމަށް ޖާގަ ދޭ ގޮތަށް އަޅުގަނޑުމެން އޭރު ގާނޫނުއަސާސީ ފަރުމާކޮށް އެކަން މިހާރު ގާތްގަނޑަކަށް މިދިޔަ 18 ވަރަކަށް އަހަރު އަމަލުކުރަމުންމިދިޔައީ،" ނިޔާޒް ވިދާޅުވި އެވެ.
އޭސީސީއަށް އެއްވި އެމްޑީޕީގެ މެންބަރުން ޝާމިލުގެ އިސްތިއުފާއަށް ގޮވުމުގެ އިތުރުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓުވަން ވެސް ގޮވާލާފަ އެވެ.
"އެހެންނަމަވެސް ކުއްލިއަކަށް ރައީސް މުއިއްޒުގެ ފަރާތުން މިފެންނަ އަމަލަކީ ތިމަންނައަށް ވަރަށް އުނދަގުލޭ ޑިމޮކްރަސީ ރާއްޖޭގައި އޮތީމަ. ތިމަންނައަށް ވަރަށް އުނދަގުލޭ ގާނޫނުއަސާސީގައި މި މައްދާ، އެ މާއްދާ މިގޮތަށް އޮތީމަ. މިއީކީ ވެރިކަމަށް އަންނަ މީހާއަށް އުނދަގޫވެ ފަސޭހަކޮށް ފަރުމާކޮށްފައި އޮތް އެއްޗެއް ނޫން،" ނިޔާޒު ވިދާޅުވި އެވެ.
ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އޭސީސީން ޖެނުއަރީ 12، ގައި އެދުނެވެ.
އޭސީސީން އޭރު ބުނީ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އޭސީސީއަށް އެތައް މައްސަލައެއް ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މައްސަލައެއްގައި ގޮތެއް ނިންމިކަން އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެއްވެސް މައްސަލައަކާ ގުޅިގެން ކަންބޮޑުވާ ކަމެއް ވެސް ހާމަކޮށްފަ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ އެމްޑީޕީން އޭސީސީ ދޮށަށް އެއްވެ ޝާމިލުގެ އިސްތިއުފާއަށް ގޮވައިފި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ އެމްޑީޕީން އޭސީސީ ދޮށަށް އެއްވެ ޝާމިލުގެ އިސްތިއުފާއަށް ގޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ