ދެ އިންތިހާބު އެއްކޮށްލަނީ ރައްޔިތުންގެ ބާރުވެރިކަން ފޭރިގަތުމަށް: ހަސަން ލަތީފު

ދެއިންތިޚާބު އެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހަރަދު ކުޑަކުރުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެދައްކަވާ ވާހަކަ އަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށް އަލްއުސްތާޒު ހަސަންލަތީފު ވެސް ވިދާޅުވެއެވެ. 
ހަސަން ލަތީފު ވިދާޅުވަނީ "ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުން އެންމެ 30 ވަޒީފާ އުނިކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ފައިސާ ސަލާމަތް ކުރެވޭ" ކަމަށެވެ. އެހެން ކަމުން ދެއިންތިހާބު އެއްކޮށްލުމާ ހަރަދު ކުޑަކުރުމާ އެއްވެސް ގުޅުމެއް އޮތްކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.
ދެ އިންތިހާބު އެއްކޮށްލުން އަލްއުސްތާޒު ހަސަން ލަތީފު ސިފަކުރައްވަނީ ހަރަދު ކުޑަކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. ރައީސް މުއިއްޒު ދެ އިންތިހާބު އެއްކޮށްލަން އެ އުޅުއްވަނީ  ރައްޔިތުންގެ ބާރުވެރިކަން ފޭރިގަތުމަށް ކަމަށް ހަސަން ލަތީފު ވިދާޅުވެއެވެ. 
ހަސަން ލަތީފު ވިދާޅުވަނީ އެކަމަކީ ރައްޔިތުން ބަސްބުނަން ލިބޭ ފުރުސަތުތައް ހަނިކުރަން ކުރާ ކަމެއް ކަމަށެވެ. " އެކަމަކީ، ހަރަދަކާ ގުޅޭ ކަމެއް ނޫން" ހަސަން ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އެކުގައި ބާއްވާ ރެފެރަންޑަމްގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތުގައި ބާއްވަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ