ބޭކަރީ ދާއިރާގެ މަގުބޫލު ބްރޭންޑް "ޑަބަލް ސްޓާ ބޭކާ" ރާއްޖެއަށް ތައާރަފުކޮށްފި ބޭކަރީ ދާއިރާގެ މަގުބޫލު ބްރޭންޑް "ޑަބަލް ސްޓާ ބޭކާ" ރާއްޖެއަށް ތައާރަފުކޮށްފި

ބޭކަރީ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ޑަބަލް ސްޓާ ބޭކާ" ބްރޭންޑުގެ އުފެއްދުންތައް ބޭކަރީ ސަޕްލައިޒް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.
ބޭކަރީ ސަޕްލައިޒް އަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. 1988 ވަނަ އަހަރުން ފެށިގެން ބޭކަރީ އިންގްރިޑިއަންޓްސް އުފެއްދުމުގައި ނަން މަޝްހޫރު "ޑަބަލް ސްޓާ ބޭކާ" އަކީ މިހާރު ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދާ، އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ.
ބޭކަރީގެ ކޮންމެ އުފެއްދުމަކީވެސް ފަންނެކެވެ. އެ ފަންނުވެރިކަން ފުރިހަމަކޮށްދެނީ ބޭނުންކުރާ ތަކެތީގެ ފެންވަރެވެ. ޑަބަލް ސްޓާ ބޭކާ ބްރޭންޑަކީ ހާއްސަކޮށް ފަންނީ ބޭކަރުންނަށް އަމާޒުކޮށްގެން، އެންމެ މަތީ ފެންވަރުގެ ޔީސްޓް އަދި އިމްޕްރޫވާރ އުފައްދާ ބްރޭންޑެކެވެ. ރާއްޖެއަށް ތައާރަފުކުރި ހާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ؛
މި ބްރޭންޑުގެ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ މިންގަނދުތަކަށް އަދި ހަލާލު ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކެކެވެ. އެހެންކަމުން މިއީ ރިސޯޓްތަކާއި، ހޮޓާތަކުގެ އިތުރުން އިންޑަސްޓްރިއަލް ބޭކަރީތަކަށް އެންމެ އެކަށީގެންވާ، ރައްކާތެރި އުފެއްދުންތަކެކެވެ.
ބޭކަރީ ސަޕްލައިޒް އިން ބުނިގޮތުގައި، މި ބްރޭންޑް އިހުތިޔާރު ކުރުމުން މަދު މިންވަރަކުން ގިނަ އުފެއްދުންތައް ތައްޔާރުކުރެވި، ހަރަދަށް ބަލާއިރު ބޭކަރީތަކަށް ބޮޑު ފައިދާއެއް ކުރާނެއެވެ. އަދި ބޭކަރީ ސަޕްލައިޒް މެދުވެރިކޮށް އަބަދުވެސް ތާޒާ ސްޓޮކް، އެންމެ ހެޔޮ އަގުގައި ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ޔޫރަޕްގެ މޮޅު ޕާންފިހާ ފުށް އަދި ޕިއްޒާ ފުށްވެސް އެންމެ ހެޔޮ އަގުގައި ބޭކަރީ ސަޕްލައިޒްއިން ލިބޭނެއެވެ.
އޯޑަރު ކުރެއްވުމަށް:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ