ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރިތަނަކުން ހޯދައި މަރާލާނެކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފި އެވެ.
އައިއާރުޖީސީން މިގޮތަށް އިންޒާރު ދީފައި މިވަނީ, ނަތަންޔާހޫ މަރާލާފައިވާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެގޮތުން ހަނގުރާމައާ ގުޅިގެން މިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ނަތަންޔާހޫ ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް ނަތަންޔާހޫގެ އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
”ކުޑަކުދިން މަރާ މި މުޖުރިމު (ނަތަންޔާހޫ) ދުނިޔޭގައި ހުރި ނަމަ, ހުރިހާ ބާރެއް ބޭނުންކޮށްގެން އޭނާ ހޯދައި މަރާލުމުގެ މަސައްކަތް އަހަރެމެން ކުރިއަށް ގެންދާނަން,“ އައިއާރުޖީއެސްގެ ވެބްސައިޓް, ސެޕާ ނިއުސްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ނަތަންޔާހޫއަކީ ކުޑަކުދިން މަރާ މުޖުރިމެއް، ހުރިތަނަކުން ހޯދައި މަރާލާނަން: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ