އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރާނަން: ރައީސް އަރަބި ގައުމުތަކަށް ރައީސްގެ ތާއީދު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން 650 މިލިއަނަށްވުރެ ގިނަ ޑޮލަރު ރައްކާކޮށްފިން: ރައީސް މުއިއްޒު ރައްޔިތުންނަށް ދިމާވާނެ ދަތިތައް ހައް

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ 5 މީހަކު ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ މި މެސެޖުގައި، މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ޚާއްސަކޮށް ނިޔާވި މީހުންގެ އާއިލާތަކަށް ވަނީ ފުން ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ތިބީ އެ އާއިލާތަކާ އެކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި މުޖުތަމައުގައި ބަންގްލަދޭޝް ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެއްކަން ފާހަގަކުރައްވައި، މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ