މޮރިޝަސް އިން ރާއްޖެއާއި އެކު އޮތް ހާރިޖީގުޅުން މެދުކަނޑާލަން ނިންމައިފިއެވެ.
އެ ގައުމުން އެގޮތަށް އަމަލުކުރުމަށް ނިންމީ ޗާގޯސް ލިބުން އެންމެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ބުނެ އަދުގެ ސަރުކާރުން ވަކާލާތު ކުރާތީއެވެ.
ރާއްޖެއާއި އެކު އޮތް ގުޅުން މެދުކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން އިއުލާންކޮށް ނެރުނު ބާޔާނުގައި ބުނެފައިވަނީ ޗާގޯސްގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތް ކަމަށް ކުރިން ރާއްޖެއިން ގަބޫލުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ މިހާރުގެ އެނިންމުން ބަލައި ނުގަންނަން ނިންމާފައިވާކަމަށެވެ.
އަދި މީގެ އިތުރުން ގުޅުން މެދުކަނޑާލަން ޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވަ އިނގިރޭސިވިލާތާއި މޮރިޝަސްއާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒް ކުރަން ފެށުން ކަމަށެވެ.
ޗާގޯސް މައްސަލާގައި މޮރިޝަސް އިން ރާއްޖެއާއެކު ގުޅުން ކަނޑާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން ފާއިތުވި ޑިސެމްބަރު 25 ވަނަ ދުވަހު ރައީސް މުއިއްޒު އިނގިރޭސި ބޮޑުވަޒީރުގެ ނައިބް ޑޭވިޑް ލެމިއާ އާއެކު ބޭއްވި ބައްދަލުވުމުގައިވެސް ޗާގޯސްގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 15 ޖެނުއަރީ 1981ގައެވެ.
އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
މޮރިޝަސް އިން ރާއްޖެއާއި އެކު އޮތް ހާރިޖީގުޅުން ސަސްޕެންޑް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ