އޮރެންޖު ލިބުން ދަތިވެ، އަގު މައްޗަށް

ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އޭގެ އަގު މައްޗަށް އަރައިފި އެވެ. އެގޮތުން، މިހާރު މާލެ އާއި ހުޅުމާލޭގެ ބައެއް ކަންމަތީ ފިހާރަތަކުން އަދި މާރުކޭޓުގެ ގިނަ ގޮޅިތަކުން ވަނީ އޮރެންޖު ހުސްވެފަ އެވެ.
ވީ ކިހިނެއް؟ - ރޯދަ މަސް ފެށުމުގެ ކުރިން، އޮރެންޖުގެ އަގު ހުރީ 5ރ. އާއި 7ރ.އާ ދެމެދުގަ އެވެ. ނަމަވެސް ރޯދަ މަސް ފެށުމާ އެކު ބައެއް ތަންތަނުން 7ރ. އާއި 10ރ.ގެ އަގެއްގައި އޮރެންޖު ވިއްކި އެވެ.
ތަފްސީލު - އެސްޓީއޯގައި އޮރެންޖު ހުރީ ކިލޯއެއް 40ރ. އަށެވެ. އެއީ ގާތްގަނޑަކަށް އޮރެންޖެއް 6ރ. އަށެވެ.
އެސްޖޭ މޯލްގައި ކިލޯއެއް 60ރ.ގައި ހުރިއިރު، އޮރެންޖެއް އުޅެނީ ގާތްގަނޑަކަށް 8ރ. އިން މަތީގަ އެވެ.
ރެޑްވޭވްގެ ފިހާރަތަކުން އޮރެންޖު ވިއްކަމުން އައީ 8ރ.ގަ އެވެ. 
މާރުކޭޓުގެ ބައެއް ގޮޅިތަކުގައި މިހާރު އޮރެންޖެއްގެ އަގު ވަނީ 10ރ.އަށް އަރާފަ އެވެ. ބައެއް ގޮޅިތަކުން އޮރެންޖު ވަނީ ހުސްވެފަ އެވެ.
"ރޯދަ މަސް ފެށިއިރު، ހޯލް ސޭލް ފިހާރަތަކުން އޮރެންޖު ކޭހެއް ވިއްކަމުން އައީ 850ރ.އަށް. ނަމަވެސް މިއަދު ގަނެގެން މިއައީ 950ރ.އަށް ކޭހެއް،" ހުޅުމާލެ މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ