ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭ، ޖުމްހޫރީ މޭވާގެ އަގު 80 ރުފިޔާއިން 140އަށް

ފަނި ގިރުމަށް ގިނަ ބަޔަކު ބޭނުންކުރާ ޖުމްހޫރީ މޭވާގެ އަގު، ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭ 80 ރުފިޔާއިން 140 ރުފިޔާއަށް އުފުލިއްޖެއެވެ. މާރުކޭޓުގެ ގޮޅިއެއްގައި ތަކެތި ވިއްކަން އިން މުޙައްމަދު އާރިފް 'ސަން' އަށް މައުލޫމާލު ދެމުން ބުނީ، ޒަމާނުއްސުރެ ދިވެހީން ފަނިގިރުމަށް ބޭނުންކުރަމުން އަންނަ ޖުމްހޫރީ މޭވާ ކިލޯއެއް ބާޒާރުގައި މިއަދު ލިބެންހުރީ 140 ރުފިޔާއަށް ކަމަށެވެ. ޖުމްހޫރީ މޭވާގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވާކަމަށާއި، ރޯދަ މަސް ފެށުނުއިރު ޖުމްހޫރީ މޭވާ ކިލޯއެއް 80 ރުފިޔާއަށް ލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އާރިފް ބުނީ ފަނިގިރުމަށް ގިނަ ދިވެހީން ބޭނުންކުރާ އޮރެންޖު ކިލޯއެއްގެ އަގު މިއަދު އުޅެނީ 15 ރުފިޔާއާއި 12 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށެވެ. އޭނާ ވަނީ އޮރެންޖުގެ އަގުވެސް ވަރަށް ބޮޑަށް އުފުލިގައި ވާކަމަށާއި، މީގެ ކުރީން ފަސް ރުފިޔާ ނުވަތަ ހަ ރުފިޔާއަށް ބާޒާރުގައި އޮރެންޖު ވިއްކިކަން ފާހަގަކޮށްފައެވެ. ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ ދިވެހީން ފަނިގިރުމަށް ބޭނުންކުރާ އެހެން ބައެއް ތަކެއްޗަށް ބަލާއިރު ދިވެހި ކުރުނބާގެ އަގު ހުރީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައެވެ. އަދި އަލަނާސި ގަނޑެއް 70 ރުފިޔާ އާއި 75 ރުފިޔާއަށް އުޅޭއިރު މީގެ ކުރީން އަލަނާސީގެ އަގު ހުރީ 60 ރުފިޔާގައެވެ. ރޯދަމަހު ދިވެހީންގެ ތެރޭގައި މަޝްހޫރު ރަތް ކަރާގެ އަގު ވެސް ބާޒާރުގައި ހިފެހެއްޓި، މިހާރު އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާއާ ދެމެދުގެ އަގެއްގައެވެ. އަދި މެލަން އުޅެނީ ކިލޯއެއް 55 ރުފިޔާއަށް ކަމަށްވާއިރު، ދިވެހި އަނބު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. އެއީ ރޯދަމަސް ފެށުނުއިރު ވެސް، އަނބު ކިލޯއެއްގެ އަގު ހުރިވަރުކަން ފާހަގަކޮށްލެވެއެވެ. މިއަދު ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގުތަކަށް ބަލާލާއިރު: ލުނބޯ: 65 ކިލޯކިއުކަމްބާ: 65 ކިލޯޓޮމާޓޯ: 30 ކިލޯކަނޑޫދޫ މިރުސް: 480/430 ކިލޯތޮޅި މިރުސް: 30/35 ކިލޯކެރެޓް: 40 ކިލޯކެބެޖް: 25 ކިލޯކޮޕީ ފަތް: 10 ބޮޑިއެއްހިކަނދި ފަތް: 10 ކޯޅިއެއްރާނބާ ފަތް: 15 ފަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ