ބިދޭސީއަކު ރަހީނުކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައިވާ ބިދޭސީ މީހަކު ސަލާމަތްކޮށް، އެ މައްސަލައިގެ ތުހުމަތުގައި ބަންގަލަދޭޝް މީހެއް ހައްޔަރުކޮށް، އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.
ވީ ކިހިނެއް؟ -  މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:22 ހާއިރު އެވެ. އަދި އެ ރޭ 2:29 ހާއިރު އެ މީހާ ސަލަމާތްކޮށްފައިވަނީ، މާލޭ ގެއެއްގެ ތެރޭ ހިފަހައްޓާފައި ހުއްޓާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ތަފްސިލު - ފުލުހުން މިއަދު ބުނީ:
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ އިގްބާލް މިއާ، 35
އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހެއް
"ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ [ރަހީނުކޮށްފައިވާ] މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ ވަނީ އެ ރޭ 02:29 އެހާކަންހާއިރު ސަލާމަތްކޮށްފަ އެވެ. އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައެއްނުވެ އެވެ،" މީީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ހާމަނުކޮށް، ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިގްބާލްގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:
އޭނާއަށް ތުހުމަތު ކުރެވެނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތު
އޭނާއަކީ އިމިގްރޭޝަން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ