ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ހުސްި ޖެނުއަރީމަހު ދައުލަތުގެ އާމްދަނީ ތަފާސްހިސާބަށް ބަލާއިރު އެމަހުގެ ތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި ދިވެހި ރުފިޔާއިން 962.3 މިލިއަން ރުފިޔާ ލިބުނުއިރު، ޑޮލަރުން ވަނީ 37.6 މިލިއަން ލިބިފައެވެ. ހުސްވި ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ލިބުނުއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 1.1 ބިލިއަން ރުފިޔާއެވެ.
އިންކަމް ޓެކްސްގެ ގޮތުގައި އެންމެބޮޑު އާމްދަނީއެއް މީރާއަށް ލިބިފައިވަނީ، ބޭންކް އިންކަމް ޓެކްސްއިންނެވެ. ބޭންކުތަކުން އިންކަމް ޓެކްސްގެ ގޮތުގައި ވަނީ 490.1 މިލިއަން ރުފިޔާ ދައްކާފައެވެ. ކުންފުނިތަކުން 692 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކިއިރު ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި ވަނީ 47.9 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކސްގެ ގޮތުގައި ޖެނުއަރީމަހު 692 މިލިއަން ރުފިޔާ ދައްކާފައެވެ.
އިންކަމް ޓެކްސްއަކީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ބޭންކުތަކުގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ނަގާ ޓެކްސްއެކެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ބޭނުންކުރާ މުހިންމު އާމްދަނީއެކެވެ.
އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެންނެވެ. އަދި އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ އެއަހަރުގެ އޭޕްރިލްމަހުން ފެށިގެންނެވެ.
ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ