ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ކުރީގެ ޑީން، ޕްރޮފެސަރު ޑރ. އަބްދުލްމުހައިމިން އަވަހާރަވެއްޖެ

ރާއްޖޭގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަދި އެތަނުގެ ކުރީގެ ޑީން، ޕްރޮފެސަރު ޑރ. އަބްދުލްމުހައިމިން ބިން ނޫރުއްދީން އަޔޫސް މިއަދު އަވަހާރަވެއްޖެ އެވެ.
ޑރ. އަބްދުލްމުހައިމިން މިއަދު އަވަހާރަވީ، ޔުނިވަސިޓީ އޮފް މަލަޔާ މެޑިކަލް ސެންޓަރުގަ އެވެ.
މެލޭޝިޔާއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަބްދުލްމުހައިމިން އަކީ ރާއްޖޭގެ މޮޅެތި އެތައް ވަކީލުންނާއި ޖަޖުންގެ އުސްތާޒެކެވެ.
ތައުލީމީ ވަކި މަރުކަޒެއްގެ ގޮތުގައި ސަރުކާރުން ފެކަލްޓީ އޮފް ޝަރީއާ ހިންގަން ފެށީ 1999 ވަނަ އަހަރުއެވެ. އޭރު އެތަނުގެ އިސް ވެރިއެއްގެ ގޮތުން އޭނާ ވަނީ ޝަރުއީ ދާއިރާ ކުރިއަރުވަން މުހިއްމު ޚިދުމަތްތަކެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ