ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހޯދާ އާމިރު ފުލުހަށް ހާޒިރެއް ނުވި
އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހޯދާ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު, ނުވަތަ ބޫގާ ތަހުގީގަށް ހާޒިރުނުވާ ކަމަށް ފުލުހުން ބުނެފިއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގަށް ފުލުހަށް ހާޒިރުވާން އާމިރަށް ވަނީ އަންގާފައެވެ. https://sun.mv/218320 ފުލުހުން ވަނީ އިސްލާމިކް މިނިސްޓްރީ ނައްތާލުމަށްވެސް އޭނާ ގޮވާލާފައި ވާކަމަށް ބުނެފައެވެ. އަދި އުޅޭ ވަކިތަނެއް ނޭނގޭތީ އެ މައްސަލައިގެ ތަހުގީގަށް ޗިޓު ހަވާލު ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، އޭނާ، އިއްޔެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އޭނާ އިއްޔެ ތަހުގީގަށް ހާޒިރުވެފައިނުވާ ކަމަށެވެ. އާމިރު ހަދާފައިވާ ޓިކްޓޮކުތަކުން އެނގޭ ގޮތުގައި ޖަޕާން މީހަކާ ކައިވެނިކޮށްގެން އޭނާ ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ