ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒަށް ދައުވަތު ދީފި އެވެ.
ވީކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބީއެންޕީ ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ކާމިޔާބުވެފައިވާކަން ނަތީޖާތަކުން ދައްކަ އެވެ.
އެ އިންތިހާބަކީ 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ނެގި ފުރަތަމަ ވޯޓެވެ.
ތަފްސީލް - ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި އެކުލަވާލި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް 13 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އާ ސަރުކާރުގެ ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ އަންގާރަ ދުވަހު ޑާކާގައި އޮންނަ އިރު، ދައުވަތު ދިން ވެރިންގެ ތެރޭގައި ރާއްޖޭގެ ރައީސް މުއިއްޒު ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ދައުވަތު ދިން އެހެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
ޗައިނާ
ސައުދީ އަރަބިއްޔާ
އިންޑިއާ
ޕާކިސްތާން
ތުރުކީ
ޔޫއޭއީ
ގަތަރު
މެލޭޝިއާ
ބުރޫނެއީ
ސްރީ ލަންކާ
ނޭޕާލް
ބޫޓާން
ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރާ ރަސްމިއްޔާތަށް ރައީސަށް ދައުވަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ