ޢާއިޝަތު ރަފާޙް ޢަލީ
ޝެއިޚް "އަހަރެންގެ ފިރިމީހާ އަހަރެންނަށް ދެރަކޮށް ހިތާތީ އަހަރެންގެ އަމިއްލަ ނަފުސަށް އިތުބާރު ގެއްލެމުންދަނީ. އަހަރެންގެ ފިރިމީހާގެ ބަހުން އަހަރެން ހިތްދަތިވޭ. އޭނާ އަބަދުވެސް އަހަރެން އޭނާގެ ދައްތައާއި މަންމައާ އަޅާކިޔައި، އެމީހުން ކާންދޭ ކާއެއްޗެހި ރަނގަޅުކަމާއި އަހަރެންނަށް އެކަން ނުކުރެވޭކަމަށް ބުނޭ." އޭނާ އެހެން އަންހެނުންނަށްވެސް ތަޢުރީފުކުރީފުކުރޭ. އެމީހުން މަސައްކަތްކުރާގޮތް ބަލާށޭ. އެމީހުން އެމީހުންގެ ދަރިންނާއި ފިރިމީހުން ބަލަހައްޓާގޮތް ބަލާށޭ، އެމީހުން ކިހާ ރަނގަޅުހެއްޔޭ! އަހަރެންނަށް ބުނޭ އަހަރެންނަކަށް އެމީހުންނެކޭ އެއްގޮތަކަށްވެސް އެއްވެސް ކަމެއް ނުކުރެވޭނޭ!
އަހަރެން ގޭގައި ހުރެ އަހަރެންގެ އާއިލާ ބަލަހައްޓަން. އަހަރެން ހިޖާބާއި އަންގި އަޅައިގެން ހަމައެކަނި އޭނާއާއެކު ނުވަތަ މަޙްރަމަކާއެކު ނޫނީ ބޭރަކަށް ނުދަމެވެ.
ޖަވާބު:
ކޮންމެ އިންސާނަކަށްވެސް މާތްﷲގެ ޙިކުމަތްފުޅުން އިމްތިޙާނެއް ކުރިމަތިވެއެވެ. މިދުނިޔޭގެ އެންމެ މުއްސަނދި މީހުންނަށްވެސް އެކަލާނގެ ޙަޟްރަތުން އިމްތިޙާނުތައް އަންނަކަން ކަށަވަރެވެ.
ސުވަރުގޭގެ އަންހެނުންގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަތަރު އަންހެނުންކުރެ އެކަކީ އާސިޔާ ކަމަނާކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އާސިޔާ ކަމަނާއަކީ ފިރުޢައުނުގެ އަނބިކަނބަލުންނެވެ. އެހެންކަމުން، އެކަމަނާގެ އިމްތިޙާނަކީ ދުނިޔޭގައި އުޅުނު އެންމެ އަނިޔާވެރި ޙާކިމަކާ ކައިވެނިކުރެވިފައި ހުރުމެވެ. ފިރުޢައުނުގެ އަނިޔާވެރިކަމާއި، ބަނީ އިސްރާއީލުންނަށް އޭނާ ކުރި އަނިޔާތަކާއި، މޫސާގެފާނު ދެކެ ރުޅިއައިސް އެކަލޭގެފާނު މަރާލަން މަސައްކަތްކުރި ގޮތް އަޅުގަނޑުމެންނަށް އެނގެއެވެ. އަދި އޭނާ އިލާހުވަންތަކަން ދަޢުވާކޮށް "އަހަރެންނަކީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ވެރިރަސްކަލާނގެއޭ" ބުނިކަންވެސް އެނގެއެވެ.
އާސިޔާ ކަމަނާގެ ކެތްތެރިކަމުގެ ސަބަބުން، މިހާރު އެކަމަނާ ހުންނެވި މަތިވެރި މަޤާމާއި، މާތްﷲގެ ވާގިފުޅާއެކު އެކަމަނާ ހޯއްދެވި މަތިވެރި ދަރަޖައަށް ވިސްނާލަމާ ހިނގާށެވެ. އެހެންކަމުން، ކޮންމެ މީހަކަށްވެސް އިމްތިޙާނެއް އަންނާނެކަން ޔަޤީނެވެ. ބައެއް މީހުން އިމްތިޙާނު ކުރެވެނީ އެމީހުންގެ ޞިއްޙަތުންނެވެ. މިސާލަކަށް ނަބިއްޔާ އައްޔޫބުގެފާނު 18 އަހަރު ވަންދެން ބަލިވެވަޑައިގެން އޮންނެވިއެވެ. އެ ބަލީގެ ސަބަބުން މީސްތަކުން އެކަލޭގެފާނު ދެކެ ނުރުހި އެކަލޭގެފާނާ ދުރުވިއެވެ. އެކަލޭގެފާނުގެ ހުރިހާ ދަރިންނާއި، ލޯބިވާ މީހުންނާއި، މުދާ ގެއްލިވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެހެން އެއްވެސް މީހަކު އެކަލޭގެފާނު ބެލެހެއްޓުމެއް ނެތެވެ.
އަޅުގަނޑުމެންނަށް ދުވަހެއް ނުވަތަ ދެދުވަހެއްގެ މުޞީބާތެއް ދިމާވީމާ، އަތް އުފުލައި ބުނަމެވެ: "އޭ ﷲ އެވެ! މިއަޅާ ކުރީ ކޮން ކަމެއްތޯއެވެ؟ މިއަޅާު 6 ގަޑިއިރު ވަންދެން ދުޢާކުރިން، އެކަމަކު އިބަ އިލާހު އަޅުގެ ދުޢާއަށް އިޖާބަ ނުދެއްވައެވެ." ނަމަވެސް، ނަބިއްޔާ އައްޔޫބުގެފާނު 18 އަހަރު ވަންދެން ކެތްތެރިވެވަޑައިގަތެވެ.
ރޯހިނާއެވެ! ތިބާގެ އިމްތިޙާނަކީ އަނިޔާވެރި ފިރިއެއްގެ ފަރާތުން ކުރިމަތިވާ ކަންކަމެވެ! އޭނާއަކީ ޖާހިލު، ބުއްދި ނެތް މީހެކެވެ. އެފަދަ މީހަކަށް އެއްޗެއް އުނގަންނައިދިނުމަކީ އުނދަގޫ ކަމެކެވެ. މިއީ މާތްﷲގެ ފަރާތުން ތިބާއަށް ދެއްވި އިމްތިޙާނެކެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
ފިރިމީހާގެ ފަރާތުން މައްސަލަތައް ކުރިމަތިވާނަމަ އާސިޔަތުގެފާނުގެ އަރިހުން ހިތްވަރުލިބިގަންނާށެވެ!: ޝައިޚް އާސިމް އަލް ޙަކީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ