މާފަންނު ދަނޑުގައި އަޅާފައިވާ ގުދަންތަކުގެ އެއްބަސްވުމަށް އަމަލުކުރުން ނިމުމަކަށް ގެނެސް, އެތަން ހުސްކުރަން ފުޓްބޯލްް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 14 ދުވަހުގެ މުހުލަތެއް ދީފި އެވެ.
އެފްއޭއެމުން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ، އެފްއޭއެމްގެ ބެލުމުގެ ދަށުގައިވާ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިން ހިމެނޭ ބިމުގައި، އެ އިމާރާތް ހިމެނޭ ބިން ފިޔަވައި އިތުރު ބިން އެކިކަން ކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން، މި އެސޯސިއޭޝަނުން 10 އޮގަސްޓް 2025 ވަނަ ދުވަހުކުރި އިޢުލާން ނަންބަރު (FAM/IUL/2025/027)އާ ގުޅިގެން ލިބިފައިވާ ކަމަށެވެ.
އެ ގޮތުން، 2017 އިން ފެށިގެން އެފްއޭއެމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިން 50 އަހަރަށް ދޫކޮށްފައިވާ މަޤްސަދާއި ޚިލާފަށް، މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުމެއް ނެތި، އެކި ފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަންކަމަށް ބިން ދޫކޮށްފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް މިއެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި، އެފްއޭއެމް ހިންގާ ކޮމިޓީން ވަނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގއާއި އިންވެގެން، ފުޓްބޯޅަ ދަނޑުގެ ބޮޑު ދެ ދަނޑުހެދުމަށް ނިންމައިފަ އެވެ.
"ވުމާއެކު، މި އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ ކުރެހުމުގައިވާ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ / ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއްވާނަމަ 14 (ސާދަ) ދުވަސްތެރޭގައި އެއެއްޗެއް ނެގުމަށް އަންގާ އިޢުލާން ކުރަމެވެ،" އެފްއޭއެމް އިން ގެޒެޓް ކުރި އިއުލާނުގައިވެ އެވެ.
މާފަންނު ސްޓޭޑިއަމްގައި ހުރި ގުދަންތައް ހުސްކުރަން 14 ދުވަހުގެ މުހުލަތެއްދީފި މާފަންނު ސްޓޭޑިއަމްގައި ހުރި ގުދަންތައް ހުސްކުރަން 14 ދުވަހުގެ މުހުލަތެއްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ