ސިނަމާލެ އަދި މާލެހިޔާ ފްލެޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި

ބައުވެފައިވާ މާލެހިޔާ 1 އަދި 2 ފްލެޓްތައް އެއް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ރޭ އިއުލާންކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ބަލަހައްޓަމުންދާ މާލެހިޔާ 1 އަދި 2 އެއް އަހަރު ދުވަހަށް މަރާމާތުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް މައުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ސިޓީ ކައުންސިލުން ބުނީ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުން މާޗު 25، ވާ ބުދަ ދުވަހުގެ 11:00 ޖަހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލް ހޯލްގައި އޮންނާނެ ކަމަށެވެ.
މަރާމާތުގެ މަސައްކަތުގެ ތެރޭގައި މާލެ ހިޔާ 1 އަދި 2 އަށް ދިމާވެފައިވާ ގިނަ މައްސަލަތައް ފާހަގަކޮށް، އެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ހިމަނާފައިވެ އެވެ.
މިގޮތުން މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި، ފްލެޓް އިމާރާތުގެ ބޭރު ފާރުތަކާއި ސިޑިތައް ހުންނަ އޭރިއާތަކާއި ފްލެޓް އިމާރާތުގެ އާންމު އޭރިއާތަކުގެ ފާރުތަކާއި ޝީޓުތަކާއި އެނޫންވެސް ކުލަލާންޖެހޭ ތަނެއްގައި އަދި ލިފްޓް ހުންނަ ގޯތީގެ އިންފާރުގައި ކުލަލާންޖެހެ އެވެ.
މީގެއިތުރުން ފްލެޓްތަކުގައި މިހާރު ކުރަން ހުރި ހުރިހާ މަސައްކަތެއްކޮށް، އެއްބަސްވުމުގެ މުއްދަތުގައި މަސައްކަތާ ހަވާލުވާ ފަރާތުން ފްލެޓްތަކުގެ މެއިންޓަނަންސް ހުރިހާ މަސައްކަތެއް ކުރަން ޖެހެ އެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުހައްމަދު މުއިއްޒު އޮތީ ނިންމަވާފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
މާލެހިޔާގެ ޖުމްލަ 60 އެޕާޓްމަންޓް ހުރެ އެވެ. އެއީ މާލެހިޔާ 1 ގެ 36 އެޕާޓްމަންޓާއި މާލެހިޔާ 2 ގެ 24 އެޕާޓްމަންޓެވެ. މާލެހިޔާ އަދި ސިނަމާލޭގައި ޖުމްލަ 161 އެޕާޓްމަންޓް ހުންނައިރު، އެ ހުރިހާ އެޕާޓްމަންޓަކަށް އެއް ލައްކަ ރުފިޔާދޭން ދައުލަތުން 16.1 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ