ފެޑެރަލް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި މަސްތަކެއް ވަންދެން މަސައްކަތްތަކެއް ކުރެއްވުމަށް ފަހު ޓެސްލާގެ ބިލިއަނަރު ސީއީއޯ އީލޮން މަސްކް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.
"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަމުން އަންނަނީ. ބޭކާރު ހަރަދުތައް ކުޑަކުރުމުގެ ފުރުސަތު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ކަމަށް ޓަކައި ޝުކުރު ދަންނަވަން،" އޭނާގެ ސޯޝަލް މީޑިއާ އެކްގައި މަސްކް ވިދާޅުވި އެވެ.
މަސްކް ސަރުކާރުގެ މަސްއޫލިއްޔަތުތަކުން ވަކިވެވަޑައިގަންނަވާކަން ވައިޓް ހައުސްގެ އޮފިޝަލަކު ވެސް ވަނީ މީޑިއާއަށް ކަަށަވަރުކޮށްދެެއްވައިފަ އެވެ.
މަސްކް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާގެ ވަކިވެވަޑައިގަތުމަކީ އަވަސް އަދި ރަސްމީކަމެއް ނެތި ކުރެއްވި ކަމެކެވެ. މަސްކް ވަކިވެވަޑައިގަތުމަށް ނިންމެވީ، މައުލޫމާތު ހުރި މަސްދަރަކުން ބުނި ގޮތުގައި، ޓްރަމްޕާ މަޝްވަރާ ކުރެއްވުމެއް ނެތި އެވެ.
އޭނާ ޓްރަމްޕްގެ ސަރުކާރު ދޫކުރައްވަން ނިންމެވީ ކީއްވެގެން ކަމެއް އަދި ސީދާ ސާފެއް ނުވެ އެވެ. އޭނާ ވަކިވެވަޑައިގަތީ ޓްރަމްޕްގެ ޓެކްސް ބިލަށް ފާޑުވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. އަދި އެ ބިލަކީ މާ ހަރަދު ބޮޑު އަދި އެމެރިކާގެ ޑޮގް ހިދުމަތާ އެކު އޭނާ ގުޅިގެން މަސައްކަތް ކުރުމަށް ނުރައްކާވެދާނެ ފަދަ ބިލެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
މަސްކްގެ އެ ވާހަކަފުޅާ ގުޅިގެން، ހާއްސަކޮށް ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓެފަން މިލާ ފަދަ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނުރުހުން ވެސް ފާޅުކުރެއްވި އެވެ.
އީލޮން މަސްކް ޓަރަމްޕް ސަރުކާރުން ވަކިވާން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ