ހަގީގަތަކީ ފުލުހުންގެ ގާބިލުކަން އިތުރުވިޔަސް ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަރައިގެންފައި ނުވާކަން: އައްބާސް
ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަޔަސް ބަޔަކު އުފެއްދި ކިލަނބު ތަޞައްވުރުން އަދިވެސް އަރައިގެންފައިނުވާކަމީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ. އައްބާސް އެހެން ވިދާޅުވީ، ފުލުހުންގެ 39ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ޕީޖީ ވަނީ ފުލުހުންނަށް އޮތް އިތުބާރާއި ގަދަރު ''ގުރުބާން ކުރެވުނު ދުވަސްވަރު''ގެ ވާހަކަ ކިޔައިދެއްވާފައެވެ. އެގޮތުން، އެއީ ކޮންމެ ފަރާތަކުން ކުރި ކަންތައްތަކެއް ކަމުގައި ވިޔަސް އެތައް ޖީލަކަށް އެކަމުގެ އަގު އަދާކުރަން ޖެހިފައިވާ ކަމެއް ކަމަށް އައްބާސް ވިދާޅުވިއެވެ. މިރޭ އަލަށް ތަމްރީނުވި ފުލުހުންތަކެއް ---- ފޮޓޯ/ ފުލުހުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުރެވޭ ގިނަ މަސައްކަތްތަކާއެކު ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަމުން ގޮސްފައިވީ ނަމަވެސް ފުލުހުންގެ މުއައްސަސާއާ މެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަދިވެސް އަރައިގެންފައިނުވާކަންޕީޖީ އައްބާސް ޝަރީފް ޕީޖީ ވިދާޅުވީ، ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ ބޭނުންވާ ނަތީޖާ ހާސިނުވާނެ މިންވަރަށް ތަސައްވުރު ނުސާފުވެފައިވާ ކަމަށެވެ. އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެއީ އެއްއިރެއްގައި ވެސް ފުލުހުންނަށް ހައްގުވި މިންވަރެއް ނޫން ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން، މި ގައުމުގައި ފުލުހުންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މޫނު ބަލާ ލޯގަނޑު ކަމަށާއި އެ ލޯގަނޑު ސާފުކޮށް، ބެހެއްޓުމަކީ ފުލުހުންގެ އެންމެ ބޮޑު ޒިންމާ ކަމަށް ޕީޖީ އައްބާސް ވަނީ ވިދާޅުވެފައެވެ. އެރަސްމިއްޔާތުގައި އަލަށް ތަމްރީނުވި ފުލުހުންނަށް ޕީޖީ ވަނީ އިލްތިމާސްތަކެއް ކުރައްވާފައެވެ. ކުރެއްވި ބައެއް އިލްތިމާސްތަކަކީ: އެހީއަށް ބޭނުންވެފައިވާ މީހާގެ އަތުގައި ހިފަނީ އިހުސާންތެރިކަމާއެކު ކަން އެފަރާތްތަކަށް ޔަގީންކަން ދިނުން މަސައްކަތުގެ ކާމިޔާބީއަކީ އެހީއަށް ބޭނުންވާ މީހާއަށް ތަސައްލީއެއް ހޯދައިދީ، އިންސާފު ކަށަވަރުކޮށްދިނުން ފުލުހުންނަށް ދީފައިވާ ބާރުތައް ބޭނުންކުރުމުގައި ކޮންމެ ފަރުދަކުވެސް ހަމަހަމަކުރުން ބޮޑީވޯން ކެމެރާއަށް ވުރެ އަމިއްލަ ނަފުސަށް ތެދުވެރި ބަޔަކަށް ވުން ނަގާ ކޮންމެ ފިޔަވަޅެއް ގުޅިފައި ވަނީ ކޮންމެސް މީހެއްގެ ދިރިއުޅުމާއި އާއިލާއާކަން ހަނދާންކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ