ނިރުބަވެރި އިޒްރޭލުގެ ސިފައިން ފަލަސްޠީނުގެ 27 ރައްޔިތުން ޝަހީދުކޮށްލައިފި

ނިރުބަވެރި އިޒްރޭލުގެ ސިފައިން އަނެއްކާވެސް ފަލަސްޠީނުގެ 27 މީހުން ޝަހީދުކޮށްލައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުވެސް އިޒްރޭލުގެ ސިފައިން ހަމަލާދީފައިމިވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ތަނަކަށް އަމާޒުކޮށެވެ. މިކަމާއި ގުޅިގެން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގޫޓްރެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ހަމަލާތަށް ހުއްޓާލުމަށާއި މިނިވަން ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާފައެވެ.
މިކަމާއި ގުޅިގެން އިޒްރޭލުން ބުނާގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ފަހުން މިވަނީ އިޒްރޭލުގެ ސިފައިންގެ ތިން މީހަކު މަރާލާފައިވާކަމަށާއި، އިޒްރޭލުން ވެސް ހުރީ ދޫދޭ ގޮތަކަށް ނޫންކަމަށް ބުނެފައިވެއެވެ. 
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، އޮކްޓޫބަރު ހަތަކުން ފެށިގެން މިހާތަނަށް 54,381 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު 124,054 މީހަކު ޒަހަމްވެފައިވާކަމަށް އެޤައުމުގެ ހެލްތް މިނިސްޓުރީން ވަނީ ބުނެފައެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 61،700 އަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ