މާލޭ ރަސްފަންނު މޫދަށް ކަޅުތެޔޮ އަޅާފައިވާތީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން އާންމުކުރި ފޮޓޯއިން ރަސްފަންނުގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އަޅާފައިވާ މަންޒަރު ފެނެ އެވެ.
"ފުލުހުން މިވަގުތު ރަސްފަންނުގައި ދަނީ ހަރަކާތްތެރިވަމުން. އެތަނުގެ ގޮނޑުދޮށަށް ކަޅުތެޔޮ އަޅާފައި އެބަހުރި. ފުލުހުން މައްސަލަ ތަހުގީގުކުރަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން،" އެ އިދާރާއިން ބުންޏެވެ.
މިވަގުތު ރަސްފަންނަށް މޫދަށް ނުދިއުމަށާއި އެތަނުގައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ފުލުހުން އެދެ އެވެ.
ރަސްފަންނު މޫދަށް 2021 ގައި ވެސް ކަޅުތެޔޮ އަޅައިގެން އެތަން ބަންދުކުރި އެވެ. އެފަހަރު ކަޅުތެޔޮ އެޅީ ބަޔަކު ގަސްތުގައި ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ބުންޏެވެ.
މީގެއިތުރުން 2016 ގައި ވެސް ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅި މައްސަލައެއް ބަލާފައިވެ އެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އަޅައިފި، ފުލުހުން ތަހުގީގުކުރަނީ ރަސްފަންނު މޫދަށް ކަޅުތެޔޮ އަޅައިފި، ފުލުހުން ތަހުގީގުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ