އެމްޑީޕީން ހާލަތުގެ ފައިދާ ނަގައި ގިނަ ކެމްޕޭންތަކެއް ވެސް ކުރި އެވެ. އެކަމަކު ގިނަ ރަށްރަށުން ވަނީ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފަ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބަށް ފަހު އިއްޔެއަކީ އެންމެ ގިނަ ބަޔަކު ވޯޓުލާން ނުކުތް ދުވަހެވެ. އަދި އެންމެ ގިނަ ބައެއް ހޮވަން ވޯޓަކަށް އެހިވެސް ފަހަރެވެ. ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިތަކަށް ވޯޓު ލާފައިވާއިރު ގިނަ ބަޔަކު ކުރިން ހީކުރި ގޮތާ ހިލާފަށް ސަރުކާރުން ވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ވޯޓަށް އެހި 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ހިންގާ ޕީއެންސީއަށް ލިބުނެވެ. އެމްޑީޕީއަށް ހޯދުނީ އެންމެ ތިން ގޮނޑި އެވެ. މިވަރުގެ ބޮޑު ބައްޔަކާ އެމްޑީޕީން ކުރިމަތިވީ ކީއް ވެގެން ހެއްޔެވެ ؟
މި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޕީއެންސީ އަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ދެ ގޮނޑި ހޯދި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފައި ނަންގަވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ޕާޓީން ގޮނޑިތައް ކާމިޔާބު ކުރި މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ކުރިމަތީގައި ކައުންސިލް އިންތިހާބު އޮއްވައި ބޭއްވި ކައުންސިލްގެ ވޯޓަކަށް އެހި މިފަހަރު މިވަރުގެ ބޮޑު ނާކާމިޔާބީއަކާ އެމްޑީޕީން ކުރިމަތިލިއިރު އެ ޕާޓީން ވަނީ ހާލަތުގެ ފައިދާ ހޯދައި މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ގިނަ ކެމްޕޭންތަކެވެސް ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއި ވޭޕް މަނާކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން އެޅުމުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން އެޅި މި ފިޔަވަޅުތައް އެމްޑީޕީންގެ ވެރިކަމެއްގައި އަނބުރާ ގެންދާނެ ވިދާޅުވެފަ އެވެ.
ބޭނުމަކީ ޒުވާނުންގެ ވޯޓު މި ބައި - އިލެކްޝަންގައި ހޯދުމެވެ. ނަމަވެސް ވޯޓުލައި ނަތީޖާ ނުކުތްއިރު ފެންނަން އޮތް ހަގީގަތަކީ ކުރި ކެމްޕޭން ތަކުން ނަތީޖާއެއް ނުކުމެފައި ނެތެވެ. މީގެ ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ވިދާޅުވަނީ އެމްޕީގެ ފަސް އަހަރުގެ ވެރިކަމުގައި ކަންތައްތައް ވެރިދިޔަ ގޮތް ގިނަ ބަޔަކު ހަނދާނުގައި ހުރުމެވެ. ހާއްސަކޮށް ރަަށްރަށުގައި މަަޝްހޫރުތައް ހިންގުމުގައި ހަދާފައިވާ ގޯސްތައް މި ވަގުތު ވެސް ފެންނަން އޮތުމެވެ. ރަށްރަށުގައި 12 ބިލިއަން ރުފިޔާގެ މަޝްރޫއު ފަށާފައިވީނަމަވެސް ގިނަ ތަންތަނުގައި ހުރީ ވެލިފުނި ޖަހާފަ އެވެ. އެ ވާހަކައަކީ މިދިޔަ 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ އެއް ފައުންޑަރު ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ދައްކަވަމުން ދިޔަ ވާހަކަ އެކެވެ. އެކަމަކު އޭރުގެ އެމްޑީޕީ ތެރޭގައި އޮތް ފެކްޝަންގެ ވާދަވެރިކަމުގައި އެކަމަށް އެމްޑީޕީން އެކަމަށް ދިނީ ބީރު ކަންފަތެވެ. އެކަމަކު ހަގީގަތަކީ ރަށްރަށުގައި ފަށައި ދެ އަހަރު ދިގު ދެމިގެން ގޮސްފައިވާ މަަޝްރޫއުތައް ވެސް އެބަހުއްޓެވެ. މީގެ ގިނަ މަޝްރޫއުތައް ހުރީ ފެލިފުނީގެ ގޮތުގައި ފެންނާނެ އެވެ. މިކަންތައް ތަކަކީ ބައި- އިލެކްޝަން ފަދަ އިންތިހާބުތަކުގައި ވޯޓަކަށްދާއިރު ނަތީޖާއަށް އަސަރު ކުރާނެ ކަންކަމެވެ. މި އިންތިހާބުގައި ފެނިގެން ގޮސްފައިވަނީ މިފަދަ ގިނަ ގޯސްތަކެއްގެ ނަތީޖާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބައި- އިލެކްޝަންގައި އެމްޑީޕީއަށް ބޮޑު ބައްޔެއް | ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ