ފެޝަން އާއި ފުޓްބޯޅައިގެ ދުނިޔެއިން ޒަމާނުއްސުރެން ގާތް ގުޅުމެއް ގެންގުޅެމުން އައިސް މި މަހު ސްޕެއިންގެ އެންމެ ބޮޑު ކްލަބް ރިއަލް މެޑްރިޑް އާއި ފްރާންސްގެ ލަގްޒަރީ ފެޝަން ބްރޭންޑު ލުއީ ވުޓޮންގެ ޕާޓްނާޝިޕެއް އިއުލާނު ކުރުމަކީ މި ގުޅުން އިތުރަށް ވަރުގަދަ ކުރާ ތާރީހީ ކަމެކެވެ. ލުއީ ވުޓޮންއާ އެކު ރިއަލް މެޑްރިޑުން ވަނީ 'މަލްޓި އިޔާ' ޑީލްއަކަށް އެއްބަސްވެފަ އެވެ. ލުއި ވުޓޮންއިން ރިއަލް މެޑްރިޑްގެ ފިރިހެން އަދި އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ބާސްކެޓް ބޯޅަ ޓީމުގެ ރަސްމީ ހެދުމާއި ޓްރެވަލް ހެދުން ރަސްމީކޮށް ސަޕްލައިކޮށްދޭނެ އެވެ. މި ގުޅުމުގެ ސަބަބުން ކުޅިވަރު ކުޅުންތެރިން ހެދުން އެޅުމުގެ އާ މިންގަނޑެއް ގާއިމުކުރާނެކަން ޔަގީނެވެ.
"ރިއަލް މެޑްރިޑް ރަމްޒުކޮށްދެނީ އެކްސެލެންސް އެންޑް އިވޮލިއުޝަން... އެ ސިފަތަކުގެ ސަބަބުން ލުއި ވުޓޮންގައި ކުރާ މަސައްކަތަށް ހިތްވަރު ލިބޭ. މި ކަލެކްޝަން ފަރުމާކޮށްފައި ވަނީ ހަމަ އެ އެ މިންގަނޑުން - ދަތުރުކުރާއިރު ލާ ނަލަ އައިޓަމްތަކެއް ވިސްނުންތެރިކަމާ އެކު އުފެއްދުން،" ލުއީ ވުޓޮންގެ ސީއީއޯ ޕިއެޓްރޯ ބެއްކަރީ ވިދާޅުވި އެވެ.
މި ކަލެކްޝަން ފަރުމާ ކުރަނީ މަޝްހޫރު ޕްރޮޑިއުސަރު، ރެޕާ އަދި މިހާރު ޑިޒައިނަރެއް ކަމަށްވާ ފެރެލް ވިލިއަމްސް އެވެ.
ރިއަލް މެޑްރިޑްގެ ފުޓްބޯޅަ އަދި ބާސްކެޓް ބޯޅަ ޓީމުގެ ރަސްމީ ފެޝަން ޕާޓްނަރަކަށް ލުއީ ވުޓޮން ވަނީ ހަމަޖައްސާފައި
ރަސްމީ އިވެންޓުތަކަށް ހާއްސަ، ގަޔަށް ހެޔޮވަރަށް ފަހާފައި ހުންނަ ސޫޓު ފަޓުލޫނު، ރެޑީ-ޓު-ވެއާ ހެދުން އަދި އެކްސެސަރީސް މި ކަލެކްޝަންގައި ހިމެނެ އެވެ. ލުއީ ވުޓޮންގެ ބްރޭންޑު ލޯގޯ އާއެކު ރިއަލް މެޑްރިޑްގެ 'އާރް އެމް' ވެސް ހެދުންތަކުގައި ޖަހާފަ ހުންނާނެ އެވެ. ދެ ބްރޭންޑުގެ ގުޅުން އިއުލާނު ކުރުމުގެ ގޮތުން ޝާއިއު ކުރި ފޮޓޯ ކެމްޕޭނުގައި ޖޫޑް ބެލިންހަމް، ކިލިއަން އެމްބާޕެ އަދި ޑެނީ ކަރްވަޖަލް ފެނިފައިވެ އެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން އެލީޓް ކުޅިވަރުތަކުގައި ލުއީ ވުޓޮންގެ ބައިވެރިވުން އިތުރުވެ އެވެ. މީގެ ކުރިން ލުއީ ވުޓޮން އިން ވަނީ ފީފާ ވޯލްޑް ކަޕާއި ބެލޮން ޑު'އޯ ފަދަ މަޝްހޫރު މުބާރާތްތަކަށް ޓްރޮފީ ޓްރަންކް ޑިޒައިން ކޮށްފަ އެވެ.
ލުއީ ވުޓޮންއަކީ ރިއަލް މެޑްރިޑްގެ ފުޓްބޯޅަ އަދި ބާސްކެޓް ބޯޅަ ޓީމުގެ ރަސްމީ ފެޝަން ޕާޓްނަރުކަމަށް އިއުލާނު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ