ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދުއަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދީފި އެވެ.
އެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފޮނުވާނީ ކޮން ދެ ބޭފުޅެއްގެ ނަންކަން ފާސްކުރާނީ މިއަދު 2:00 ގައި އޮންނަ އެ ކޮމިޝަނުގެ ބައްދަލުމުގަ އެވެ. އެ ދެ ބޭފުޅުންނަށް ލިބުނު މާކްސްގެ ތަފުސީލެއް އަދި ނޭނގެ އެވެ.
ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަކުރެއްވުމަށްފަހު އެ ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަނުކުރީ އޯގަސްޓު 9، 2022 ގަ އެވެ.
އަބްދުالله ހަމީދުއަކީ ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި ބޭފުޅެކެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމަށް ދެން ކުރިމަތިލެއްވި ބޭފުޅުންނަކީ:
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ޖާގަ ހުސްވީ ސަރުކާރުން ނުފޫޒު ފޯރުވައި، ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުންނެވެ. ޖޭއެސްސީން ނިންމި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއި 14، ގަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ސަލީމް އާއި ހަމީދުއަށް ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ސަލީމް އާއި ހަމީދުއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ