ކުރީގެ މިނިސްޓަރު ޝަފީގު، ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަގާމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަނުކޮށްފި އެވެ.މައުލޫމަތު ލިބިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ ޖެނުއަރީ 27، ގަ އެވެ. އޭނާ ވަނީ މިހާރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮފީހަށް ނުކުންނަވަން ފަށްޓަވާފަ އެވެ.ފިނޭންސް މިނިސްޓަރުގެ މަގާމުން ޝަފީގުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު 31 ވަނަ ދުވަހު އެވެ.އިސްތިއުފާ ދެއްވި ސަބަބެއް މިއަދާ ހަމައަށްވެސް ހާމައެއް ނުކުރައްވަ އެވެ. މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޝަފީގުގެ އިސްތިއުފާއާ ގުޅޭގޮތުން މިހާތަނަށް އާންމުކޮށް ވާހަކަ ދައްކަވާފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ