ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ބިނާ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން، ފުލުހުންގެ މައި މަރުކަޒުގެ އިތުރުން ޑޭޓާ ސެންޓަރު ވެސް ހުޅުމާލޭގައި ބިނާ ކުރާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ޝަހީދު ހުސެއިން އާދަމް އިމާރާތެވެ. ސިފައިންގެ މައި މަރުކަޒު ކައިރި ހުންނަ އެ އިމާރާތް ހުޅުވީ މީގެ 26 އަހަރު ކުރިން 1999 ވަނަ އަހަރެވެ.
ޝަހީދު ހުސެއިން އާދަމް އިމާރާތް އެންމެ ފުރަތަމަ ބޭނުން ކުރީ ފުލުހުންނާއި ސިފައިންނެވެ. އެ އިމާރާތް ފުލުހުންނަށް ހާއްސަ ކުރީ ފުލުހުންނާއި ސިފައިން ވަކި ކުރުމުންނެވެ.
ފުލުހުންގެ މައި މަރުކަޒެއް އެންމެ ފުރަތަމަ ހަމަޖެއްސީ 1985 ވަނަ އަހަރެވެ. އޭގެ ފަހުން ފުލުހުންގެ ހިދުމަތް ފުޅާވަމުން ދިޔުމުގެ ސަބަބުން އާ އިމާރާތެއްގެ ބޭނުން ޖެހިގެން މިހާރުގެ މައި މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށީ އެވެ.
ފުލުހުންގެ މައި މަރުކަޒު އެންމެ ފުރަތަމަ ބިނާ ކުރީ ބަނޑޭރިގޭ އިރުން އޭރު ހުރި މެރިން ޑިޕާޓްމަންޓުގެ މެކޭނިކަލް ޓްރާންސްޕޯޓުގެ ގަރާޖް ހުސްކޮށްގެން އެތަނުގަ އެވެ. އެތަނުގައި ހެދީ ދެ ބުރީގެ އިމާރާތެކެވެ.
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ